12/10/2026
ބަރުދަން ލުއިކޮށް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ހުރިހާ މީހުން ވެސް ބޭނުން ވެއެވެ
އެކަމަށްޓަކައި ތަފާތު ގޮތްގޮތުން ކެއުމަށް ބަލައިގެންނާ ހިނގަންގޮސްގެންނާ ކަސްރަތު ޕްރޮގްރާމް ތަކުގަ ބައިވެރި ވެގެންނާ ޑައެޓް ޕްރޮގްރާމް ތަކުގަ ބައިވެރިވެގެން މީހުން މަސައްކަތް ކުރެއެވެ.
އަދި ގިނަ މީހުން ގެ ވިސްނުމުގަ ހުންނަނީ ވީހާވެސް އަވަހަކަށް ލުއިކޮށްލަން ކަމަށްވާތީ ސިއްހަތާ ނުގުޅޭ ތަފާތު އެހެނިހެން އުފެއްދުންތަކުގެ އެހީގަ ބަރުދަން ލުއިކުރުމަށް މަސައްކަތް ކުރާ މީހުންވެސް ވަރަށް ގިނައެވެ.
ކޮންމެ މީހަކުވެސް ބޭނުން ވަނީ އެންމެ ފަސޭހައިން ބަރުދަން ލުއިކޮށްލެވޭނެ ގޮތެކެވެ،
މިއަދު މިއުޅެނީ އެންމެ ފަސޭހައިން ބަރުދަން ލުއިކޮށްލެވޭނެ ގޮތުގެ ވާހަކަ ބުނެލާށެވެ
އެގޮތަކީ ކެއުން މަދުކޮށް ހަރަކާތްތެރިވެއުޅުން ގިނަކޮށްލުމެވެ.
އަދި މިގޮތުގައި ބަރުދަން ލުއިވަމުންދަނީ ހީކުރާހާއަވަހަށް ނޫންކަމުގަވިޔަސް ބަރުދަން ހުންނަންވާ ރަގަޅު މިންގަނޑަކަށް ގެނެވެންދެން ކެތްތެރިކަމާއެކު ހިފަހައްޓާލުމެވެ.
ބަރުދަން ލުއިކުރުމުގެ ބޭނުމަކީ ބަރުދަން އިތުރުވެފައިހުރުމަކީ ސިއްހީ ގިނަ މައްސަލަތަކަކަށް މަގުފަހިވެދާނެ ކަމަކަށްވާތީއެވެ.
ފިޓްނަޝްލައިފް ހެލްތީ ލައިފްސްޓައިލް ޕްރޮގްރާމް އަކީ ލައިފްސްޓައިލް އަށް ރަގަޅުބަދަލެއް ގެނެސްގެން ދުޅަހެޔޮ ކަން ލިބިގަތުމަކީ އެންމެ ފައިދާހުރި އަދި އެންމެ ރަގަޅު ގޮތްކަމުގައި ވިސްނަދީ މިގޮތަށް މީހުން އަހުލުވެރިކުރުމަށް ހިންގާ ޕްރޮގްރާމް އެކެވެ.
މި ޕްރޮގްރާމް ގައި ކާނީ ގޭގައި އަމިއްލައަށް ތައްޔާރުކުރާ ކާނާއެވެ، ކާމިންވަރާ ހަރަކާތްތެރިވެއުޅުމަށް ގެނެވޭ ހެޔޮބަދަލާ ނަފްސާނީގޮތުން ދުޅަހެޔޮ ކަންމަތީ ހުރުމަށް މަސައްކަތް ކުރުމުގެ މުހިއްމުކަން ވިސްނައިދީ އެހީތެރިވެދިނުމަކީ މި ޕްރޮގްރާމް ގެ ބޭނުމެވެ،
ބަރުދަން ލުއިކުރުމަށް ބޭނުންނަމަ ބަރުދަން އިތުރުވާން މެދުވެރިވި ސަބަބުތައް ނައްތާލުމަށް މަސައްކަތް ކުރަންޖެހެއެވެ.
މާބަނޑު ވުމާ ނުވަތަ ސިއްހީ އެހެން މައްސަލަ އަކާ ގުޅިގެން ބަރުދަން އިތުރުވީކަމުގަ ވީނަމަވެސް ރަގަޅުގޮތުގަ މަސައްކަތް ކުރެވިއްޖެނަމަ ބަރުދަން ލުއިކޮށްލެވޭނެ އެވެ.
ކާމިޔާބު ވަނީ ނުވާނޭބުނެ ހުއްޓުމަކުން ނޫނެވެ
ވާނޭ ބުނެ ކުރިޔަށް ދިއުމުންނެވެ